އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލުތަކާއި ރެފިއުޖީ ކޭމްޕުތަކަށް ދިން ބޮމުގެ ހަމަލާތައް ކުށްވެރި ކުރައްވައި, ބެލްޖިއަމުން އިސްރާއީލާ ދެކޮޅަށް އަޅާނެ ފިޔަވަޅުތަކެއް ނިންމައި އެ މައްސަލަ ބަލަން ޖެހޭކަމަށް އެ ގައުމުގެ ޑެޕިއުޓީ ބޮޑުވަޒީރު ޕެޓްރާ ޑި ސަޓާ ވިދާޅުވެއްޖެއެވެ.
”އިސްރާއީލާއި ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ. ބޮން އެޅުމަކީ އިންސާނިއްޔަތާ މުޅިން ޚިލާފުކަމެއް. ހަމަލާތައް ހުއްޓާލުމަށް އެދި ބައިނަލްއަޤްވާމީ ގޮވުންތަކަށް އިސްރާއީލުގެ މާބޮޑު ފަރުވާލެއް ނެތްކަން ވަރަށް ސާފު.“ ޑި ސަޓާ ވިދާޅުވިއެވެ.
ޑި ސަޓާ އިތުރަށް ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން އިސްރާއީލާއެކު އިޤްތިޞާދީ އަދި ސިޔާސީ ކުރިއެރުމަށް މަސައްކަތް ކުރުމަށް އެކުލަވާލާފައި އޮންނަ އެއްބަސްވުންތައް މިހާރުން މިހާރަށް އުވާލަން ޖެހޭކަމަށާއި، ހިޞާރުކޮށްފައި އޮތް ފަލަސްތީނުގެ ބިމުގައި އުފައްދާ ތަކެތި އެތެރެކުރުން ހުއްޓާލައި، ހިޞާރުކުރި ފަރާތްތަކާއި، އެ ފަސްގަނޑަށް ވެރިވެގަނެގެން އުޅޭ މީހުންނާއި، ސިޔާސީ ފަރާތްތަކާއި، ސިފައިންނަށް އީޔޫއަށް ނުވަދެވޭ ގޮތް ހަދަން ޖެހޭކަމަށެވެ.
”މިއީ ޓެރަރިސްޓް ޖަމާޢަތެއް. ބިރުވެރިކަން ފެތުރުމަކީ އަގުބޮޑު ވިޔަފާރިއެއް. މިފަދަ ޖަމާޢަތްތަކަށް ފައިސާދޭ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު ވަރުގަދަ ކުރަން ޖެހޭ.“ އޭނާ ވިދާޅުވިއެވެ.
އިސްރާއީލުން ބުނެފައިވާ ގޮތުގައި ހަމާސްގެ މުޖާހިދުންމިދިޔަ އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް އަރައި 1400 މީހުން މަރާލައި، 240 މީހަކު އަސީރުންގެ ގޮތުގައި ގެންގޮސްފައިވެއެވެ. އަދި މިހާރު އިސްރާއީލުން ފަލަސްތީނައް ދެމުންގެންދާ ހަމަލާތަކަކީ އެކަމުގެ ބަދަލު ހިފުމެއްކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0