އިސްރާއީލުގެ ކަނޑުގެ އުޅަނދުތަަކަށް ހަމަލާދޭނެ ކަމަށް ޔަމަނުގެ ހޫތީ ޖަމާއަތުން ބުނެފިއެވެ.
ޔަމަނުގެ ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ޔަހްހާ ސަރިއާ ވިދާޅުވީ، އެ ޖަމާއަތުން އިސްރާއީލުގެ ކުންފުނިތަކުގެ ހިއްސާ އޮންނަ ނުވަތަ އޮޕަރޭޓްކުރާ ކަނޑު އުޅަނދުތަކަށް ހަމަލާދޭނެ ކަމަށެވެ. އަދި އިސްރާއީލުގެ ދިދަ ނަގާފައިވާ ބޯޓުތަކަށްވެސް ހަމަލާދޭނެ ކަމަށް ޔަހްޔާ ވިދާޅުވިއެވެ.
ހޫތީ ޖަމާއަތުގެ ތަރުޖަމާނު ވަނީ، އެފަދަ އުޅަނދުތަކުގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް ހުރިހާ ގައުމަކަށް ގޮވާލާފައެވެ.
ޔަހޫދީ އިސްރާއީލުން މިދިޔަ މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ޔަމަނުގެ ހޫތީ ޖަމާއަތުން ވަނީ މީގެ ކުރިންވެސް އިސްރާއީލަށް އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެ ހަމަލާތައް އެ ސަރަހައްދުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކުން ވަނީ ވައްޓާލާފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0