ހައްދުފަހަނަ އަޅައިފައިވާ އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތައް ތަހުގީގުކޮށް، އިޒްރޭލުގެ ލީޑަރުން ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ތިން ޖަމާއަތަކުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް މައްސަލަ ހުށަހަަޅައިފިއެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތައް ކަމަށްވާ އަލް ހައްގާއި، އަލް މެޒާން އަދި ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ މަރުކަޒުން ބުދަ ދުވަހު ހުށަހެޅި މައްސަލާގައި ބުނީ ގާޒާގެ އާބާދީ ބޮޑު ސަރަހައްދުތަކަށް އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 10،500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިން ކަމަށެވެ.
ގާޒާގެ އާބާދީ މަޖުބޫރުން ބަދަލުކުރުމާއި، ފަލަސްތީނުގެ ރައްޔިތުންނަށް ދެކޮޅަށް ވިހަ ގޭސް ބޭނުންކުރުމާއި، ކާބޯތަކެއްޗާއި ފެނާއި ތެލާއި ކަރަންޓު ފަދަ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅުން ފަދަ ކަންކަން ބަލައި، ހަނގުރާމައިގެ ޖަރީމާތަކުގެ ތަހުގީގު އިތުރަށް ފުޅާކުރުމަށް އެ ޖަމިއްޔާތަކުން އައިސީސީއަށް ހުށަހެޅި ލިޔުމުގައި ބަޔާން ކޮށްފައިވެއެވެ.
އެ ތިން ޖަމާއަތުން ބޭނުންވަނީ އިޒްރާއީލުގެ ރައީސް އައިޒަކް ހަރްޒޯގާއި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުމަށެވެ.
ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާ ގުޅިގެން އައިސީސީން ދޭ އިޖާބަ މަޑުޖެހިފައިވާ ކަމަށް ބުނާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކާއި އެކްޓިވިސްޓުންގެ ފާޑުކިޔުން އައިސީސީ އަށް ވަނީ އަމާޒުވެފަ އެވެ.
އައިސީސީގެ އޮފީސް އޮފް ދަ ޕްރޮސެކިއުޓާ (އޯޓީޕީ) އިން ފަލަސްތީނުގެ ހާލަތު ރަސްމީކޮށް ބަލަން ފެށީ 2021 ވަނަ އަހަރުއެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0