މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނުގެ ރައްޔިތުންގެ އަދަދު 11،000 ން މައްޗަށް އަރައިފި އެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީއާއި ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު، އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 11،078 އަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 4،506 ކުޑަކުދިން ހިމެނޭ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެގޮތުން އެ މިނިސްޓްރީގެ ތަރުޖަމާނު އަޝްރަފް އަލް ގަދްރާ ނެރުނު ބަޔާނެއްގައި ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމުގައި ޝަހީދުވި މީހުންގެ އަދަދު 11،078 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 4،506 ކުޑަކުދިންނާއި 3،027 އަންހެނުންނާއި 678 މުސްކުޅިން ހިމެނޭއިރު، 27،490 މީހުން ޒަހަމްވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުވެފައި 2،700 މީހުން ތިބިކަމުގެ ރިޕޯޓް އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށާއި އޭގެ ތެރޭގައި 1،500 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އިސްރާއީލުން ސިއްހީ ނިޒާމަށް އަމާޒުކޮށް ހަމަލާ ދިނުމުގެ ސަބަބުން 198 ސިއްހީ މުވައްޒަފުން މަރުވެ 53 އެމްބިއުލާންސް ވަނީ ނައްތާލައިފައެވެ. އަދި 135 ސިއްހީ މުއައްސަސާ އަކާއި، 21 ހޮސްޕިޓަލާއި 47 ޕްރައިމަރީ ކެއާ ސިއްހީ މަރުކަޒުގެ ހިދުމަތްވެސް ވަނީ އިސްރާއީލްގެ ހަމަލާތަކުގެ ސަބަބުން ހުއްޓިފަ އެވެ.
މީގެ އިތުރުން, ހުކުރު ދުވަހު އިސްރާއީލުން ވަނީ ޣައްޒާގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް، އައް ޝިފާ ހޮސްޕިޓަލަށް ވެސް ޙަމަލާ ދީފަ އެވެ. އަދި އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭނުންވާ ތެޔޮ އެތެރެ ވިޔަ ނުދިނުމުގެ ސަބަބުން ގިނަ ހޮސްޕިޓަލް ތަކެއްގެ ހުރިހާ ޚިދުމަތެއް އެއްކޮށް ހުއްޓިދާނެކަމުގެ އިންޒާރު ސިއްޙީ އޮފިޝަލުން ވަނީ ދީފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0