ނޮވެމްބަރު 18، 2023 ގައި ޣައްޒާގެ އުތުރުގެ އިންޑޮނޭޝިއާ ހޮސްޕިޓަލުގައި އިސްރާއީލުން ދިން ބޮމުގެ ހަމަލާއެއްގައި ޝަހީދުވި ފަލަސްތީނުގެ ދަރިން
ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ދެއްވި ތަގުރީރުގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވަނީ “ޣައްޒާ ވެގެންދަނީ ކުޑަކުދިންގެ ގަބުރުސްތާނަކަށް” ކަމަށް އިއުލާން ކުރައްވާފައެވެ. އޭނާގެ ވާހަކަތަކުން މީޑިއާގެ ސަމާލުކަން ވަގުތުން ލިބުނު ނަމަވެސް، ކޮންމެވެސް ގޮތަކުން އަދިވެސް ފަލަސްތީނުގެ ކުދިންނަށް އޮތް ހަގީގަތް ކުޑަކޮށް ފާހަގަކޮށްފައިވެ އެވެ.
ޣައްޒާގައި އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ކުޑަކުދިން މަރާލަނީ ކުރިން ވިސްނާނުލެވޭ މިންވަރަކަށެވެ. ފާއިތުވި 40 ދުވަހުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ވަނީ ޣައްޒާގައި 5،000 އަށް ވުރެ ގިނަ ކުޑަކުދިން މަރާލާފަ އެވެ – އިތުރު 1،800 ކުދިން ގެއްލިގެން ހޯދަނީ ހަލާކުވެފައިވާ އިމާރާތްތަކުގެ ދަށުންނެވެ.
އެއީ 40 ދުވަހުގެ ތެރޭގައި މަރުވި ފަލަސްތީނުގެ 6،800 އަށް ވުރެ ގިނަ ކުދިންނެވެ. އެއީ ކޮންމެ ދުވަހަކު 170 އަށް ވުރެ ގިނަ ކުދިން މަރާލުމެވެ.
ހުޅަނގު އައްސޭރީގައި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ 54 ކުޑަކުދިން މަރާލާފަ ކަމަށް ޑިފެންސް ފޯ ޗިލްޑްރަން އިންޓަނޭޝަނަލް-ޕެލަސްޓައިން (ޑީސީއައިޕީ) އިން އެއްކުރި ލިޔެކިޔުންތަކުން ދައްކަ އެވެ.
މީގެ ތެރޭގައި އޮކްޓޯބަރު މަހު އެކަނިވެސް މަރުވި ފަލަސްތީނުގެ 38 ކުދިން ހިމެނޭއިރު، މިއީ 1967 ވަނަ އަހަރު އިސްރާއީލުން ހުޅަނގު އައްސޭރި އަސްކަރީ ހިފުން ފެށި ފަހުން އެއް މަސް ދުވަހުގެ ތެރޭގައި މަރުވި އެންމެ ގިނަ ފަލަސްތީނު ކުދިންނެވެ.
މީގެ ކުރިން އިސްރާއީލުން ޣައްޒާއަށް ދިން އަސްކަރީ ހަމަލާތަކެކޭ އެއްފަދައިން، ޑީސީއައިޕީން ތަހުގީގުކޮށްފައިވާ އިސްރާއީލުން ދިން ހަމަލާތަކަކީ ވެސް ތަފާތު ނުކުރެވޭ އަދި ނިސްބަތުން ބޮޑު ހަމަލާތަކެކެވެ. އިސްރާއީލުގެ ސިފައިން ވަނީ އާބާދީ ބޮޑު އާންމު ސަރަހައްދުތަކުގައި އާންމުންނާއި އާންމުންގެ އިންފްރާސްޓްރަކްޗާ އަށް އަމާޒުކޮށް ފުޅާ ސަރަހައްދުތަކަށް އަސަރުކުރާ ބޮމުގެ ހަމަލާތަކެއް ދީފައެވެ.
އެހެން ގޮތަކަށް ބުނާނަމަ، އިސްރާއީލު ސިފައިން ޣައްޒާއަށް ވައްޓާލާ ކޮންމެ ބޮމަކީ ހަނގުރާމައިގެ ޖަރީމާއެކެވެ.
ފަލަސްތީނުގެ ކުދިން ދިރިއުޅެ މަރުވަމުންދާނީ ވާދަވެރިކަމެއް ނެތް ވަގުތުކޮޅެއްގައިކަން އެނގޭތީ އެވެ.
ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ 2.3 މިލިއަން މީހުންގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސެންޓަކީ ކުޑަކުދިންނެވެ. ގަބޫލުކުރަން ދަތި ވަރުގެ ޒުވާން އާބާދީއަކަށް އިސްރާއީލުން 16 އަހަރު ވަންދެން ވަށާލުމުގެ ތަޖުރިބާ ލިބިފައިވާއިރު، މިއީ އެ ޖަމާޢަތުގެ އަދަބެކެވެ.
ފަލަސްތީނުގެ ކުދިންނަށް ތަކުރާރުކޮށް އިސްރާއީލުގެ އަސްކަރީ ހަމަލާތަކެއް ކުރިމަތިވެފައިވާއިރު، އާންމުންނާއި މަދަނީ އިންފްރާސްޓްރަކްޗާއަށް ސީދާ، ތަފާތު ނުކޮށް، އަދި ނިސްބަތުން ބޮޑު ހަމަލާތަކެއް ދިނުމާއި ނިޒާމީ އަދަބު ނުލިބުމަކީ އާންމު ކަމެކެވެ.
އެނގޭ ގޮތުގައި މަރުވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ބެލެވެނީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ކާނާއާއި ފެނާއި ކަރަންޓާއި ސިއްހީ ސާމާނާއި ތެޔޮ ކަނޑާލައި، އަޅުވެތިވެފައިވާ އާންމު އާބާދީއެއް ސިފަކުރެވޭނީ "ހުވަފެނެއް" ގޮތަށެވެ.
ޣައްޒާގެ އާބާދީގެ ތެރޭގައި ގާތްގަނޑަކަށް 50،000 މާބަނޑު މީހުން ހިމެނެއެވެ. މާނައަކީ އެވްރެޖްކޮށް ދުވާލަކު 160 އަންހެނުން ވިހައެވެ. ސިއްހީ ޚިދުމަތުގެ ނިޒާމު ފުނޑުފުނޑުވެފައިވާއިރު މާބަނޑު މީހުންނަށް ސިއްހީ ޒަރޫރީ ހިދުމަތްތައް ހޯދުމަށް ދަތިތަކެއް ކުރިމަތިވެ އެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ފުރާނަ ސަލާމަތްކުރާ ސާމާނު ހިންގުމަށް ޖަނަރޭޓަރުތައް ހިންގުމަށް ބޭނުންވާ ތެޔޮ އެތެރެކުރުން މަނާކޮށްފައިވާތީ، ވިހެއުމަށް ފަހު މީހުންނާއި ނިއޯނޭޓަލް ޔުނިޓްތަކުގައި ތިބި ތުއްތު ކުދިންނަށް ނުރައްކާތެރި ތެލުގެ ދަތިކަމުގެ ސަބަބުން ބޮޑު ނުރައްކަލެއް ކުރިމަތިވެ އެވެ.
އިސްރާއީލުން ބޮން ގޮއްވާލުމުން ސަލާމަތްވި މީހުންނަށް ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ސާފު ފެން ނެތުމުގެ ދަތިކަން ބޮޑުވެ، މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަކޮށް ބަލިތަކާއި ކާނާ ލިބުން ދަތިވުމާއި ސިއްހީ ދަތިތަކުގެ ނުރައްކާ ކުރިމަތިވެ އެވެ.
އިނގިރޭސިވިލާތުގެ އިންސާނީ އެހީތެރިކަމުގެ ޖަމިއްޔާ އޮކްސްފޭމް އިން އިއުލާންކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތްގަނޑަކަށް މުޅިން އިންކާރު ކުރުމުން، ބަނޑުހައިހޫނުކަން ބޭނުން ކުރަމުންދަނީ ޣައްޒާގެ އާންމުންނާ ދެކޮޅަށް ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގަ އެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތަށް އިސްރާއީލުގެ އޮފިޝަލުން ވަނީ ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ގޮވާލުންތަކާއި ޕްރެޝަރުތައް އިތުރުވަމުންދާތީ ތަކުރާރުކޮށް ދެކޮޅު ހަދައިފަ އެވެ. އޭގެ ބަދަލުގައި އިސްރާއީލުގެ ސިފައިން ވަނީ ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ބެކެރީތަކާއި ސޯލާ ޕެނަލްތައް ހިމެނޭ ގޮތަށް ދިރިއުޅޭ އިމާރާތްތަކަށާއި މަދަނީ އިންފްރާސްޓްރަކްޗާތަކަށް ތަފާތުކުރުމެއް ނެތި ސީދާ ހަމަލާތައް ވަރުގަދަކޮށްފައެވެ.
ޣައްޒާގެ އާބާދީ ނައްތާލައި ފަލަސްތީނުގެ ދިރިއުޅުން ނައްތާލުމަށް ކުރާ މަސައްކަތުގައި އިސްރާއީލުގެ އޮފިޝަލުން ފަސްނުޖެހޭ ކަމަށް ފެންނައިރު، ދުނިޔޭގެ ލީޑަރުން ދުވަހުން ދުވަހަށް ދައްކަނީ ބޮން ގޮއްވާލުން ނިމުމަކަށް ގެނައުމުގެ ހިތްވަރު ނެތް ކަމަށާއި، އޭގެ ބަދަލުގައި އިސްރާއީލުގެ ހަމަލާއަށް ހީވާގިކަމާއެކު ތާއީދު ކުރަމުންދާ ތަނެވެ.
އެމެރިކާގެ ޕްރެސިޝަން ބޮން ގަތުމަށް އިސްރާއީލާ އެކު 320 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް ދާދި ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ވެރިކަމުގައި ފާސްކޮށް، އިސްރާއީލުގެ ވަޒަންވެރިންގެ އަތަށް ކަންބޮޑުވުންތަކެއް ހުރި ނަމަވެސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް އެތައް ހާސް އެސޯލްޓް ރައިފަލް ވިއްކުމުގެ ހުއްދަ ދީފައިވެ އެވެ.
މިއީ އެމެރިކާގެ ކޮންގްރެސްއިން އިސްރާއީލަށް އެދުނު 14 ބިލިއަން ޑޮލަރުގެ އިމަޖެންސީ ފަންޑިންގ ފިޔަވައިއެވެ.
މި ހަތިޔާރު ވިއްކުމާއި ފައިސާ ދިނުމުން އިސްރާއީލު ސިފައިން ޣައްޒާގައި ކުރަމުންދާ ކަމަށް ފެންނަ އާންމު އަނިޔާތަކުގައި ވޮޝިންޓަން އިތުރަށް ބައިވެރިވެއެވެ. ދިގު ޒަމާންތަކެއް ވަންދެން ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލުގެ ހަނގުރާމައިގެ ޖަރީމާތަކާއި ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ ނިންމުމުގެ ހައްގު އިންކާރުކުރުމަށް ތާއީދުކޮށް ޖަސްޓިފައިކޮށް، ފަލަސްތީނުގެ ފުރާނަގެ ހަރަދުގައި އިސްރާއީލުގެ ރައްޔިތުންގެ ސަލާމަތަށް އިސްކަންދެއެވެ.
އެ ބައިވެރިވުމާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިމާޔަތާއި ޖަވާބުދާރީވުމުގެ ނިޒާމުތައް ނާކާމިޔާބުވުމުގެ ބުރަ ފަލަސްތީނުގެ ކުޑަކުދިންނަށް އުފުލަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.
އިސްރާއީލު ސިފައިން ޣައްޒާގައި ދިރިއުޅޭ އިމާރާތްތަކަށާއި މަދަނީ އިންފްރާސްޓްރަކްޗަރަށް ވަރުގަދަ ބޮމުގެ ހަމަލާތަކުގެ ސަބަބުން ކޮންމެ ދުވަހަކު ދުނިޔޭން ގާތްގަނޑަކަށް 9 އާއި 10 އާއި ދެމެދުގެ އަދަދަކަށް ދަރިވަރުންގެ ކްލާސްރޫމް ފޮހެލަމުންދާ ކަމަށް ހީކުރުމަކީ ޕެރެލައިޒްވާ ކަމެކެވެ.
ބައިޑެންގެ ވެރިކަމުގައި އިސްރާއީލުގެ އަމަލުތައް އެންޑޯސް ކުރުމާއި، އެގައުމުން ދީފައިވާ ނަސްލު ނައްތާލުމުގެ ފެހި ސިގްނަލްއާ ދުނިޔޭގެ ލީޑަރުން ދެކޮޅު ހަދަން ޖެހެ އެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
19 ނޮވެންބަރު 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
16 ނޮވެންބަރު 2023
0