އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލުގެ ކޮމިޓީ މަރުހަލާގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އެގޮތުން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށައެޅުއްވީ މާދަމާއިން ފެށިގެން ކަމާބެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އެ މައްސަލާގައި ސުވާލުކޮށް މައުލޫމާތު އެއްކުރުމަށެވެ.
ޝާހިދުގެ އެ ހުށައެޅުއްވުން ފާސްވެފައިވަނީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލު ވުމުގައި ކޮމިޓީގެ މުޤައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ވިދާޅުވީ މިއީ މިވަގުތު ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
މީގެކުރިން މިދިޔަ ހަފުތާގައި 241 ކޮމިޓީން ނިންމާފައިވަނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ކަމާ ބެހޭ އިދާރާތަކާއި އެހެން ފަރާތްތަކަށް ބިލާ ގުޅޭ ގޮތުން ސިޓީ ފޮނުވައި އެ ތަންތަނުން ލިބޭ ޖަވާބަކަށް ބެލުމަށްފަހު އެ ފަރާތްތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ބިލެއް ހުށަހެޅުއްވީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ. މީކާއިލް މަޖިލީހަށް ހުށަހެޅުއްވީ ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އެއްވަނަ މާއްދާގެ (ހ) ގެ ހަތް ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރު ކުރުމަށެވެ.
މީކާއީލް ހުށައެޅުއްވި މިއިސްލާހު ކޮމިޓީ މަރުހަލާގައި އޮންނަތާ 4 މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. ނަމަވެސް ކޮމިޓީން މީގެ ކުރިން ނިންމާފައިވަނީ މި ބިލުގެ ކޮމިޓީ މަސައްކަތް ފެބްރުއަރީ، 2025ގެ ނިޔަލަށް ނިންމުމަށެވެ. އެކަމާ ގުޅިގެން ޢާއްމުންގެ ފާޑުކިޔުން ޕީއެންސީގެ ލީޑަރޝިޕަށް ވަރަށް ބޮޑަށް ވަނީ އަމާޒު ވެފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0