ކޭއެފްސީ/ޕިއްޒާ ހަޓް އަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ކަޅުތެޔޮ ޖަހާ ވިޔަފާރި ބަންދުކުރުމަށް އިންޒާރު ދިނުމުން ފުލުހުންގެ ޙާއްސަ ތަހުގީގެއް ފަށައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 21:00 ހާއިރުއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކޭއެފްސީ އާއި ޕިއްޒާ ހަަޓް ރެސްޓޯރެންޓް އަދި މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ ހިންގާ އިމާރާތަށް ވަނީ ކަޅުތެޔޮ ޖެހާފައެވެ.
މި ތަންތަނަށް ގެއްލުންދީފައިވަނީ، އެ ތަންތަނުގައި މައި ކުންފުނިތަކުން، ފަލަސްޠީނުގައި މުސްލިމުން މަރާ ގަތުލުއާންމު ހިންގަމުން އަންނަ ނިރުބަވެރި ޒަޔަނިސްޓް ޖަމާއަތް އިސްރާއީލަށް ފަންޑުކުރާތީއެވެ.
މި ހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބުމާއި އެކު، ދިވެހި ރާއްޖޭގެ ފުލުހުންގެ ވެރިންތަށް ހޮރުތަކުން ނިކުމެ، މި އަމަލު ހިންގި ބަޔަކު ހޯދުމަށް ވަނީ ދިވެހި ފުލުހުން މަގުމައްޗަށް ނެރެފައެވެ.
އަދި ސައިކަލުތައް ބަލާ ފާސްކުރުމުގެ ބޮޑު އޮޕަރޭޝަނެއް މާލޭ މަގުމަތީގަ އާއި މާލޭގެ ބޮޑެތި ޕާރކިން ޒޯންތަކުގައި ވަނީ ފަށާފައެވެ. ނަމަވެސް، މި މައްސަލާގައި އެއްވެސް މީހެއް ހައްޔަރު ކުރިކަމެށް އެނގޭކަށް ނެތެވެ.
ޕިއްޒާ ހަޓް، ކޭއެފްސީ އަދި ކޮކަ ކޯލާ އިން ދަނީ ހައްދުފަހަނައެޅި އިސްރާއީލުންނައް ފަލަސްތީނުގެ މުސްލިމުން މެރުމަށް ފަންޑް ކުރަމުންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ދަނީ އިސްރާއީލަށް ފަންޑް ކުރާ ކުންފުނިތަކާއި ބްރޭންޑް ތަށް ބޮއިކޮޓް ކުރުމަށް ގޮވާލާ މުޒަހަރާ ކުރަމުންނެވެ.
މި ފަސް އަހަރުތެރޭގައި ރާއްޖޭގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ފާޅުގައި އިސްލާމް ދީނަށް ހަޖޫ ޖެހުން ވަނީ އާއްމު ކަމަކަށް ވެފައެވެ. އަދި އެކަހަލަ މީހަކާ ދިމާލައް އެއްޗެއް ބުނެ އިންޒާރެއް ދިނަސް ޓެރަރިޒަމް ޤާނޫނުގެ ދަށުން އެމީހެއް ހިފާ ޖަލައްލައެވެ. އަދި އާއްމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރައް އަމާޒު ވުމާއި އެކު، ދީނަށް ފުރައްސާރަ ކުރާ މީހާ އަށް ފުލުހުންގެ ހިމާޔަތްދީ ރާއްޖެއިން ބޭރައް ފޮނުވާލަދެއެވެ.
އިސްރާއީލް އިން ފަލަސްތީނަށް ހުއްޓުމެއްނެތި ބޮން އަޅާ ބަޑި ޖަހާ ފަލަސްތީނުގެ 11،000 އަށް ވުރެ ގިނަ މުސްލިމުން ޝަހީދު ކޮށްލާފައިވާ އިރުވެސް، ފުލުހުންގެ ކޮމިޝަނަރ މުޙައްމަދު ހަމީދު ބުނެފައިވަނީ ފަލަސްތީންގެ މުސްލިމުންގެ މައްޗަށް ހިތާމަ ކުރުމަކީ ހަރުކަށި ފިކުރު ކަމަށެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0