ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރަށް ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ކޮންމެ ދުވަހަކު ވެސް ހަތަރު ގަޑިއިރަށް މެދުކަނޑައިލަން އެއްބަސްވެފައިވާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
މިކަން އިއުލާންކޮށް، ވައިޓް ހައުސްގެ ޤައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ތަރުޖަމާނު ޖޯން ކަރބީ ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތައް ހަތަރު ގަޑިއިރަށް ހުއްޓައިލުމަށް އެމީހުން އެއްބަސްވެފައި ވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަނާއި އިސްރާޢީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ކުރި މަޝްވަރާތަކަކަށް ފަހުގައެވެ. އަދި އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވެސް އޭނާވަނީ ބުނެފައެވެ.
ކަރބީ ބުނެފައިވާ ގޮތުގައި އިސްރާއީލުން އެއްބަސްވެފައި ވަނީ، ހަމައެކަނި ޣައްޒާގެ އުތުރުގައިވާ ސަރަޙައްދުތަކަށް ދެމުންދާ ހަމަލާތައް އެވަގުތަށް މެދުކަނޑައިލަން ކަމަށެވެ.
މިގޮތަށް ނިންމާފައިވަނީ އެ ސަރަޙައްދުގައި ދިރިއުޅޭ މުސްލިމުންނަށް ޣައްޒާގެ ދެކުނަށް ދަތުރު ކުރުމުގެ ފުރުޞަތު ދިނުމާއި، ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނެއްހާ މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ނަމަވެސް ހަގީގަތުގައި އެކަން ކުރުމުގެ އެންމެ މުހިންމު މަގުސަދަކީ ކުރިންވެސް ބައިޑަން އިއުލާން ކުރި ގޮތަށް ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން މިނިވަން ކޮށް އެމީހުންގެ މައުލޫމާތު ކަށަވަރު ކުރަން ވަގުތު ހޯދުމުގެ ބޭނުމުގައެވެ.
ހައްދުފަހަނަ އަޅާފައިވާ އިސްރާއީލްގެ ޔަހޫދީން ފަލަސްތީނުގެ މުސްލިމުންގެ ނަސްލު ނައްތާލަން ކުރާ މަސައްކަތަށް މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައި ވަނިކޮށް އެފަދަ ނިންމުމެއް ނިންމާފައިވާއިރު، މި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 10،900 އިން މައްޗަށް އަށް އަރާފައެވެ. އޭގެ ތެރޭގައި 4,300 އަށްވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭއިރު، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 24,000 އަށްވުރެ މައްޗަށް އަރާފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0