މަޝްހޫރު ރޭޓިންގް އޭޖެންސީ، މޫޑީސް އިން އެމެރިކާގެ މާލީ ހާލަތު ދަށްވާނެކަމަށް ލަފާކޮށް، އެމެރިކާގެ ކްރެޑިޓް ރޭޓިންގް ”ސްޓޭބަލް“ އިން ”ނެގެޓިވް“ އަށް ބަދަލުކޮށްފިއެވެ.
މޫޑީސް ކުންފުނިން ބުނެފައިވަނީ އެމެރިކާގެ ފިސްކަލް ޑެފިސިޓް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ. އަދި އެ ގައުމުން ނަގާ ދަރަނި ދެއްކުމަށް ވެސް ދަތިވާނެ ކަމަށެވެ. އެހެންނަމަވެސް މޫޑީ އިން ވަނީ އެމެރިކާގެ ”AAA“ ކްރެޑިޓް ރޭޓިން ދަމަހައްޓާފައެވެ. މިގޮތުން، ފިޗްއިންވެސް މިއަހަރު އެމެރިކާގެ ރޭޓިން ދަށްކޮށްފައިވާއިރު، ފިޗްއިން އޮގަސްޓް މަހުގައިވަނީ އެމެރިކާގެ ކްރެޑިޓް ރޭޓިންގް ”AAA“ އިން ”AA“ އަށް ދަށްކޮށްފައެވެ.
މޫޑީސްއިން ބުނެފައިވަނީ، އެމެރިކާގެ އިންޓްރެސްޓް ރޭޓްތައް އިތުރުވެފައިވާއިރު، ސަރުކާރުގެ ޚަރަދުތައް މަދުކޮށް ފައިސާވަންނަ ދޮރުތައް އިތުރުކުރެވިފައިނުވާކަމަށެވެ.
އެމެރިކާގެ ފިސްކަލް ޑެފިސިޓް ހުންނާނީ ވަރަށް މަތީގައި ކަމަށް ލަފާކުރެވޭކަމަށާއި، އެ ގައުމުގެ ކޮންގްރެސްތެރޭގައި ސިޔާސީ ބައިބައިވުން ބޮޑުވެފައި އޮތުމަކީވެސް މާލީ ހާލަތު ރަނގަޅުވުމަށް އޮތް ހުރަހެއްކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
އެމެރިކާ ސަރުކާރުން މޫޑީސްގެ ރިޕޯޓަށް ރައްދުދެމުން ބުނެފައިވަނީ އެމެރިކާގެ އިޤްތިޞާދު އޮތީ ވަރުގަދަކޮށް ކަމަށާއި މޫޑީސްއިން އެމެރިކާގެ AAA ރޭޓިންގް ދަމަހައްޓާފައިވާއިރު، މާލީ ހާލަތު ދަށްވާނެކަމަށް ކުރި ލަފާލަކީ ރަނގަޅު ލަފައެއް ނޫން ކަމަށެވެ.
ސެޕްޓެމްބަރު 30 ވަނަ ދުވަހުގެ ނިޔަލަށް ނިމުނު ބަޖެޓު އަހަރުގެ ތެރޭގައި، އެމެރިކާ ސަރުކާރުގެ ބަޖެޓް ޑެފިސިޓް އޭގެ ކުރީ އަހަރުގައި 1.38 ޓްރިލިއަން ޑޮލަރުގައި ހުރުމަށްފަހު، 1.7 ޓްރިލިއަން ޑޮލަރަށް ވަނީ އަރާފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0