ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ ފަރާތެއް ގުރު ނަގަނީ
ކުރީ ސަރުކާރުން، ހިކިފަސް ބިމެއް ނެތް ތަންތަނުން ގޯތި ދޫކޮށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.
ހޯމްލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދޫކުރި އިރު ފަސްގަނޑެއް ނެތް ތަންތަނުން ގާނޫނާ ހިލާފަށް ގޯތި ދޫކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށެވެ.
ގާނޫނު ބުނާ ގޮތުގައި، ގޯއްޗެއްގެ ރަޖިސްޓްރީ ދޫކުރެވޭނީ އިން ކަނޑައެޅުމަށްފަހުފަ އެވެ. ނެތް ތަނެއްގެ ރަޖިސްޓްރީ ދޫކޮށްފައި ވަނީ ކޮން ގޮތަކަށްތޯ މިނިސްޓަރު ސުވާލު އުފެއްދެވި އެވެ. އަދި އެގޮތަށް ގޯތި ދޫކޮށް، ރަޖިސްޓްރީ ހަވާލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމާ އެއީ ކިހާވަރެއްގެ ގާނޫނީ ބަރުދަނެއް އޮތް ލިޔުމެއްތޯ އެފަރާތްތަކަށް ދޫކުރެވުނީ އެއީ ކުރެވޭ ސުވާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމްގެ ދަށުން ގޯތި ލިބުނު 5000 މީހުންގެ މެދުގައި ގުރު ނެގުމަށްފަހު ރަޖިސްޓްރީ ވަނީ ހަވާލުކޮށްފަ އެވެ. ގޯތި ދޫކޮށްފައި ވަނީ ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. ގޯއްޗަށް އިއުލާނު ކުރި އިރު އެތަންތަން ދިޔައީ ހިއްކަމުންނެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ އޭރު ގުޅިފަޅުންނާއި ގިރާވަރުފަޅުން ގޯތި ދޫކޮށްފައި ހުރީ "ގޮޅިތަކެއް" ހެން އެއްވެސް ގޮތެއް ނެތް ގޮތަކަށް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހަމަ ގޮޅި ޖަހާލާފަ ހުރީ، އެއްވެސް އެހެންކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ހުސް ޖާގައެއް، އެކަހަލަ އެއްވެސް ކަމެއް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އަޅުގަނޑަށް ހީވާ ގޮތުން އެތާ ދިރިއުޅޭ ބަޔަކަށް ވެސް ވަރަށް ދަތިވާނެ ކަމެއް. އަނެއްކާ އާބަން ޕްލޭނިން މިންގަނޑަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ނޫން އެއީ،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރީ ސަރުކާރުން ބިން ދޫކުރަމުން ދިޔައީ ވުޖޫދުގައި ނެތް ތަނަކުން ކަމަށް އޭރު އިދިކޮޅުގައި ތިބެގެން ވެސް ސަރުކާރުން ދިޔައީ ގޮވާލަމުންނެވެ. ނަމަވެސް، އެކަމަށް އޭރު ސަރުކާރުން އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0