ތިލަމާލެ ބުރިޖު މަޝްރޫއު: ނިމުނީ %27، ބޮޑު ލަސްކަމެއް އައި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރަނީ

Thila-male bridge mashroou: nimunee 27%, bodu laskameh ai sababu dhenegathumuge masakkai kuraneeu

0

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލުމަށް އަޅާ، ތިލަމާލެ ބުރިޖުގެ މަޝްރޫއުގެ ތެރެއިން ނިމިފައިވަނީ 27 ޕަސަންޓް މަސައްކަތް ކަމަށާއި ބޮޑު ލަސްވުމެއް އައި ސަބަބު ދެނެގަތުމުގެ މަސައްކަތްކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީ އަންޑަސެކްރެޓަރީ މުހައްމަދު ފިރުޒުލް ވިދާޅުވީ އިންތިގާލީ ކޮމިޓީން ވެސް ތިލަމާލެ ބުރިޖުގެ މަސައްކަތާ ގުޅޭ ކަންކަން ބެލުމަށްފަހު އެކަމާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

"އަސްލު ހަގީގަތުގައި ތިލަމާލެ ބުރިޖުގެ މަސައްކަތް މިއަދާ ހަމައަށް އަންނަ އިރު، 77 ޕަސަންޓް ނިމިފައި އޮންނަން ޖެހޭ ފުރަތަމަ އެކުލަވާލެވުނު ތަވާލަށް ބަލާއިރު. އެހެންނަމަވެސް މިހާތަނަށް އަދި ނިމިފައިވަނީ 27 ޕަސަންޓް މަސައްކަތްކަން އިންތިގާލީ ކޮމިޓީގެ ރިޕޯޓުގައި ވެސް ފާހަގަކޮށްފައިވޭ،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ ތިލަމާލެ ބުރިޖު މަޝްރޫއުގެ ހާލަތު ދެނެގަތުން ކަމަށާއި އެހާ ބޮޑު ލަސްވުމެއް އައި ސަބަބަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށެވެ.

"ކޮން މައްސަލަތަކެއް ދިމާވެގެން، ކޮން ކަންތައްތަކެއް ދިމާވެގެންތޯ މިހުރި ޗެލެންޖަސްތައް މިހުރީ ނުވަތަ މިހާ ބޮޑު ގެޕެއް، ލަސްވުމެއް މިކަމުގެ މަސައްކަތުގައި މިއުޅެނީ. ހަފުތާ 14 އެޖެންޑާގައި ވެސް އެކަންތައް ދެނެގަތުމުގެ މަސައްކަތްކުރާނެކަން ފާހަގަކޮށްފައިވޭ. އެކަންކަމަށްފަހު ދެން އަޅުގަނޑުމެންނަށް ރީޝެޑިއުލް ކުރެވިގެން އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަކޮށް ނިންމާލުމަށް މަގުޗާޓަކާ ހަމައަށް އާދެވޭނީ،" އޭނާ ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު ހުވާކުރެއްވުމުގެ ކުރިން ވެސް ބޮޑެތި މަޝްރޫއުތައް ކުރިއަށްގެންދާ ކުންފުނިތަކާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށާއި އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ދެން އިތުރަށް އެ މަސައްކަތްތައް ކުރިއަށްދާނެ ގޮތެއްގެ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތްކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއިންނެވެ.

ފައްސަތޭކަ މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުންނެވެ.

އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

4000 flat ah sharuthu hamavi faraaihthakun aadheetha dhuvahu housing ministry ah

4000 ފްލެޓަށް ޝަރުތު ހަމަވިކަމަށް ލިސްޓުގައިވާ ފަރާތްތައް އާދީއްތަ ދުވަހު ހައުސިން މިނިސްޓްރީ އަށް ދަނީ

0

Konme dholhu gadi akun israel sifainge meehaku valhulan jehey

ކޮންމެ ދޮޅު ގަޑިއަކުން އިސްރާއީލު ސިފައިންގެ މީހަކު ވަޅުލަންޖެހޭ

0

Fuluhunge belumuge dhashugai oiy thin short egge verifaraai hoadhanee!

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ތިން ސޯޓެއްގެ ވެރިފަރާތް ހޯދަނީ!

0