އެންވަޔަރަމެންޓް "ވެށި ސްމޯލް ގްރާންޓް" ޕްރޮގްރާމް ގެ ހަފްލާ
އެންވަޔަރަމަންޓް މިނިސްޓްރީގެ "ވެށި ސްމޯލް ގްރާންޓް" ޕްރޮގްރާމުގެ ދަށުން، އެހީ ލިބުނު 7 ފަރާތަކާ ލިޔުން ހަވާލުކޮށްފިއެވެ.
މިއީ ނުރައްކާތެރި ކުންޏާއި ކެމިކަލްގެ ސަބަބުން ޖައްވަށް ބޭރުވާ ވިހަ މާއްދާތައް މަދުކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެފަދަ ތަކެތި ނައްތާލުމަށް ފެށި ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގައި ބައިވެރިވުމަށް ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއާތްތަކުގެ އިތުރުން ކުލަބްތަކާއި ތައުލީމު ކުރިއަރުވާ އިދާރާތަކަށްވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ބައިވެރިވި ފަރާތްތަކުގެ ތެރެއިން 7 ފަރާތަކަށް މި ޕްރޮގްރާމުގެ ދަށުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، އެހީ ލިބުނު 7 ފަރާތަކާ ލިޔުން ހަވާލުކޮށްދެއްވީ މިނިސްޓަރު އާމިނަތު ޝައުނާއެވެ.
އެހީ ލިބުނު ފަރާތްތައް:
• ހދ. ވައިކަރަދޫ ކައުންސިލުން ހުށަހެޅި ޕްރޮޖެކްޓް "ވައިތާޒާ"
• ހުޅުދުއްފާރު ޒުވާނުންގެ ރޫހުގެ "ރިނިއުވަލް"
• ޒީރޯ ވޭސްޓް މޯލްޑިވްސްގެ "ސަސްޓެއިނަބަލް ވޯޓާ އަލްޓަނޭޓިވްސް ޕްރޮގްރާމް" ނުވަތަ ސްވެޕް
• ދަ ސްމޯލް އައިލެންޑް ކޮންސާވެންސީގެ "ތޮއްޑޫ އެގްރޯސޭފް"
• އެފްސީ ފްރިގޭޓާގެ "އީ-ވޭސްޓް ކެއާ"
• އއ. މާޅޮހު ކައުންސިލުގެ "މަލަ ނަލަ މާޅޮސް"
• މޯލްޑިވްސް ފެޓްލޭންޑް ފައުންޑޭޝަންގެ "ސޭފް ގާޑިން ޓުމޯރޯ"
މި ޕްރޮޖެކްޓްގެ ފަންޑު އަދަދު ކަނޑައަޅަނީ ޕްރޮޕޯސް ކުރާ ބަޖެޓާއި ކުރާ މަސައްކަތުގެ ސްކޯޕަށް ބަލާފައެވެ. މި ގްރާންޓުގެ ދަށުން ކަނޑައަޅާފައި ވަނީ ކޮންމެ ޕްރޮޖެކްޓަކަށް ގިނަވެގެން 750،000 ރުފިޔާއެވެ. ފައިސާ ދޫކުރުމަށް ނިންމާފައި ވަނީ ޓްރާންޗް އުސޫލުން ބަހާލައިގެންނެވެ.
ފައިސާގެ އެހީ ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ ނުވަތަ ރަނގަޅު ސަބަބަކާ ނުލާ ޕްރޮޖެކްޓް ކުރިއަށް ނުދާ ނަމަ މައްސަލައިގެ ހާލަތަަށް ބަލާ ފައިސާގެ ފުރިހަމަ އަދަދު އަނބުރާ ދެއްކުމަށް ނިންމުމުގެ ފުރިހަމަ ބާރު މިނިސްޓްރީއަށް ވަނީ ލިބިފައެވެ.
0%
0%
0%
0%
0%
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0