މަރައިލުމަށްފަހު މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ހުޅުމާލޭ ދެވަނަ ފިޔަވައްސާއި ދިމާ މޫދަށް އެއްލާލައިފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ނ.ލަންދޫ ބަގީޗާގޭ އިބްރާހިމް ޒިހާން, އޭނާގެ ދައްތައަށް މަރުގެ އިންޒާރުދީ, ވަޅިން ހަމަލާދޭން އުޅުނުކަމުގެ ތުހުމަތުގައި އުފުލި ދައުވާ ސާބިތުނުވާކަމަށް ނިންމައިފިއެވެ.
ބަންދުކޮށްފައިވާ ޒިހާންގެ މައްޗަށް ވަނީ 13 ދައުވާއެއް އުފުލައިފައެވެ. މި ދައުވާާތައް ސާބިތުވެއްޖެނަމަ 100 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
• ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ.
• ގްރޫމްކުރުމުގެ ކުށުގެ ދައުވާ.
• ޖިންސީ ނިޔަތެއް އޮވެގެން އަތްލުމުގެ 05 ކުށުގެ ދައުވާ.
• މަސްތުވާތަކެތި ދީގެން ޖިންސީ އަމަލު ހިންގަން އުޅުމުގެ ކުށުގެ ދައުވާ.
• މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ.
• ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާ.
• ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ކުށުގެ ދައުވާ.
• ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އިތުރު ދައުވާތަކެއް.
މި ދައުވާތަކާ ގުޅިގެން ޒިހާންގެ މައްޗަށް ޝަފަަހީ ހެކީގެ ގޮތުގައި 79 ހެކި ދައުލަތުން ހުށަހަޅާފައިވާއިރު, ވަނަވަރު ސިއްރުކޮށްފައިވާ 16 ހެކިންގެ ތެރޭގައި ހިމެނޭ ބައެއް ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ.
މި މައްސަލައިގައި 17 އަހަރުގެ ފިރިހެން ކުއްޖެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. އެއީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާއާއި ހުއްދަ ނޫން ގޮތެއްގައި ހިފެހެއްޓުމުގެ ކުށުގެ ދައުވާއެވެ.
0%
0%
0%
0%
0%
31 މާރިޗު 2025
0
29 ނޮވެންބަރު 2024
0
29 ނޮވެންބަރު 2024
0
24 ނޮވެންބަރު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
10 ނޮވެންބަރު 2023

19 ނޮވެންބަރު 2023

16 ނޮވެންބަރު 2023
0